ކަލައިދޫގައި ތަރައްޤީކުރާ އައު ފުޓްސަލް ދަނޑުގެ ބައެއް މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އާންމު
ނަންބަރު : (IUL)456-ESMSC/456/2026/32
ޕަބްލިޝްކުރި ތާރީޚު : 27 އޮގަސްޓު 2026
ސުންގަޑި : 02 ސެޕްޓެންބަރު 2026

މި ކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށުގައި ތަރައްޤީކުރާ އައު ފުޓްސަލް ދަނޑުގެ ބައެއް މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                   މި މަސައްކަތްތައް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 27 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުން ފެށިގެން 02 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 13:00 ދެމެދުގައި ބީލަމުގައި ރަޖިސްޓަރ ވުމަށްއެދޭ ފޯމް ފުރުއްވައި، ބީލަމުގައި ބައިވެރިވުމުގެ ފީގެ ޓްރާސްފަރ ސްލިޕާއެކު  ކައުންސިލްގެ މެއިލް އެޑްރެސް: info@kalaidhoo.gov.mv އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ފޯމް މި އިދާރާގެ ކައުންޓަރުން އަދި އިޢުލާން ލިންކުން ލިބިވަޑައިގަންނާވާނެއެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފައްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 03 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 މި އިދާރާގެ މީޓިންގ ރޫމްގައެވެ. މި މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމަކީ ލާޒިމްކަމެކެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހު 13:00ގައި މި އިދާރާގެ މީޓިންގ ރޫމް ( އިހައްދޫ މާލަން) ގައެވެ. 

                މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 02 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން info@kalaidhoo.gov.mv  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

                                   ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.         

        

ޑައުންލޯޑް ކުރުމަށް