ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރުން ހޯދުމަށް

އާންމު
ނަންބަރު : (IUL)456-ESMSC/456/2026/29
ޕަބްލިޝްކުރި ތާރީޚު : 19 އޮގަސްޓު 2026

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ކަނޑުގެ ލައިސަންސް ދޫކުރުމަށްޓަކައި އަމަލީ އިމްތިހާނު ދޭ އެގްޒާމިނަރުން ހޯދުމަށް ބޭނުންވެއެވެ. 

 

ބޭނުންވާ އަދަދު: 01

 

އެލަވަންސް:

·         ޓެސްޓް ކުރާ ކޮންމެ ޓެސްޓަކަށް 100 ރުފިޔާ

         އެގްޒާމިނަރުންނަށް ވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ތިރީގައިވާ ތަކެއްޗާއިއެކު މިއިދާރާއަށް 26 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ސިޓީ ހުށަހެޅުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ލިޔުންތައް ފޮނުއްވާނީ  info@kalaidhoo.gov.mv މި އީމެއިލްއަށެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • އެގްޒަމިނަރަކަށް ވުމަށް އެދި ހުށައަޅާ ސިޓީ،
  • ހުށައަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ،
  • ކަނޑުގެ ލައިސެންސް ފޮތުގެ ކޮޕީ (ކަނޑުގެ ލައިސެންސް ނެގިފަހުން 1 އަހަރުވެފައިވާ)

·         ނިޔަމި ކަމުގެ ސަނަދު ކޮޕީ                

                 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

         06 ރަބީޢުލްއައްވަލް 1448

         19 އޯގަސްޓް 2026  

ޑައުންލޯޑް ކުރުމަށް