ޖީ.އެން.އެސް.އެސް ޓެކްނޮލޮޖީ ގާއިމުކުރުމަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން ބީލަން ކާމިޔާބުކުރި ފަރާތުގެ މައުލޫމާތު އާންމުކުރުން

އާންމު
ނަންބަރު : (IUL)456-ESMSC/456/2026/28
ޕަބްލިޝްކުރި ތާރީޚު : 10 އޮގަސްޓު 2026

މި އިއުލާނާއެކު ހިމަނާފައި މިވަނީ، ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10.47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހާމަކުރުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ނެރުއްވާފައިވާ ނަންބަރު P/CIR/2020/50-13 (09 ޑިސެމްބަރ 2020) ސާކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖީ.އެން.އެސް.އެސް ޓެކްނޮލޮޖީ ގާއިމުކުރުމަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް  ކުރި  މި ކައުންސިލްގެ ނަންބަރ:  (IUL)456-ESMSC/456/2026/21 (12-07-2026)  އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ފޯސައިޓް ސާރވެއަރސް ޕްރައިވެޓް ލިމިޓަޑްއަށް މި މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މި ކައުންސިލްގެ 2026 ވަނަ އަހަރުގެ  ނަންބަރު: (2) (03-08-2026) ބިޑް ކޮމެޓީ ޖަލްސާއިން ވަނީ ނިންމާފައެވެ. މި އިއުލާނާއި އެކު ބިޑް އެވޯޑް ޝީޓް އާންމުކުރީމެވެ. 

                 ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާނުކުރީމެވެ.  

ޑައުންލޯޑް ކުރުމަށް